ހުށަހެޅުން:
ކައުންސިލް އިދާރާގެ ވެބްސައިޓާއި ފޭސްބޫކް ޕޭޖުގެ ޚިދުމަތް ބެލެހެއްޓުމުގައި ޢަމަލުކުރާނެ އުޞޫލާ މެދު މަޝްވަރާ ކުރުން.
ހުށަހެޅުން ފޮނުވި ފަރާތް:
ރައީސް މޫސާ ޢުމަރުމަނިކު
ނިމުނުގޮތް :
މިހާރު ޢަމަލުކުރަމުންދާ "ކައުންސިލް އިދާރާގެ ވެބްސައިޓާއި ފޭސްބޫކް ޕޭޖް ހިންގުމާއި ބެލެހެއްޓުމުގައި ޢަމަލުކުރާނެ އުޞޫލު" ގެ ނަން "ކައުންސިލް އިދާރާގެ ވެބްސައިޓާއި ސޯޝިއަލް މީޑިއާ ހިންގުމާއި ބެލެހެއްޓުމުގައި ޢަމަލުކުރާނެ އުޞޫލު" އަށް ބަދަލުކުރުމަށާއި، އެ އުޞޫލުގައި ލިޔެފައިވާ "ވެބްސައިޓާއި ފޭސްބޫކް ޕޭޖް" ގެ ބަދަލުގައި " ވެބްސައިޓާއި ސޯޝިއަލް މީޑިއާ" ލިޔުމަށާއި އަދި ވެބްސައިޓާއި ސޯޝިއަލް މީޑިއާ އަދާހަމަ ކުރުމަށް ކައުންސިލްގެ ބެލުމުގެ ދަށުން އިންފޮމޭޝަން އޮފިސަރު ނުވަތަ އޭނާގެ މަސްޢޫލިއްޔަތާއި ޙަވާލުވާ މުވައްޒަފުގެ އިތުރުން ކައުންސިލް މެންބަރުންގެ ތެރެއިން ކަނޑައަޅާ ފަރާތެއް ހިމެނުމަށް ނިންމުން.
