ހުށަހެޅުން:
އުރީދޫ މޯލްޑިވްސް ޕލކ އަށް ބިން ކުއްޔަށް ދޫކުރުމަށް 1 ޖުލައި 2016 ގައި ވެފައިވާ ސެލް ސައިޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް އިޞްލާޙު ގެނައުމަށް އެ ކުންފުނީގެ ފަރާތުން އެދިފައިވާތީ، އެކަމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ހުށަހެޅުން ފޮނުވި ފަރާތް:
ރައީސް މޫސާ ޢުމަރުމަނިކު
ނިމުނުގޮތް :
އުރީދޫ މޯލްޑިވްސް ޕލކ އަށް ބިން ކުއްޔަށް ދޫކުރުމަށް 1 ޖުލައި 2016 ގައި ވެފައިވާ ސެލް ސައިޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ކުލީގެ ގޮތުގައި މިހާރު ބަޔާންކޮށްފައިވާ 3000 (ތިން ހާސް) ރުފިޔާ އަށް މިވަގުތު އެއްވެސް ބަދަލެއް ނުގެނައުމަށާއި އެގޮތަށް އުރީދޫ މޯލްޑިވްސް ޕލކ އަށް ޖަވާބު ދިނުމަށް ނިންމުން.
