ހުށަހެޅުން:
އިންފޮމޭޝަން އޮފިސަރުގެ ޒިންމާއާ ހަވާލުވެ ހުންނަ މުވައްޒަފަށް ފޯން އެލަވަންސްގެ ގޮތުގައި ބަޖެޓް ކަނޑައެޅިފައިވާއިރު، އެ އެލަވަންސް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އެދި އެ ޒިންމާއާ ހަވާލުވެހުރި އެސޯސިއޭޓް ކައުންސިލް އޮފިސަރ އިބްރާހީމް ފަހީމް ހުށަހަޅާފައިވާ ސިޓީއާ މެދު މަޝްވަރާކުރުން
ހުށަހެޅުން ފޮނުވި ފަރާތް:
ރައީސް މޫސާ ޢުމަރުމަނިކު
ނިމުނުގޮތް :
އިންފޮމޭޝަން އޮފިޝަރުގެ އެލަވަންސް ކުރިން ދީފައިވާ ގޮތްތަކާއި، ޤާނޫނާއި ގަވާއިދަށް ބެލުމަށްފަހު މާލީ ޒިންމާދާރުވެރިޔާގެ ބެލުމުގެ ދަށުން އެ އެލަވަންސް ދިނުމުގެ ކަންކަން ހަމަޖެއްސުމަށް ނިންމުން.
