އޮންލައިން ހިދުމަތްތައް

ރައްޔިތުންގެ ރުއްގަސްތައް ކުއްޔަށް ހަވާލުކުރުމާއިގުޅޭ

26 ޑިސެމްބަރ 2023އިޢުލާން
ނަންބަރު(IUL)311/311/2023/107
ތާރީޚް26 ޑިސެމްބަރ 2023
ތާރީޚް ހ14 ޖުމާާދުލްއާހިރާ 1445

މިރަށު ރައްޔިތުންގެ ރުއްގަސްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ރުއްތައް ކުއްޔަށް ހިފުމަށް ކުރި އިޢުލާން ނަންބަރު (IUL)311/311/2023/107 (28 ނޮވެމްބަރ 2023) އިއުލާންއާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ކުޑަކަމަށް ފެންނާތީ، އަލުން އެރުއްތަކަށް އަގު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިރުއްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 ޑިސެމްބަރ 31 ގެ ނިޔަލަށެވެ.

• ރައްޔިތުންގެ ރުއްތައް ހުޅަނގުކޮޅު (2023 ވަނަ އަހަރު ކުއްޔަށް ނެގި އަގު: 3356.16، ކުއްޔަށް ހިފުމަށް ހުށަހެޅޭ އެންމެ ކުޑަ އަގު 650.00)

• ރައްޔިތުންގެ ރުއްތައް އުތުރު (2023 ވަނަ އަހަރު ކުއްޔަށް ނެގި އަގު: 1054.79، ކުއްޔަށް ހިފުމަށް ހުށަހެޅޭ އެންމެ ކުޑަ އަގު 250.00)

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 27 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:30 ގައި މި އިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 31 ޑިސެމްބަރ 2023 ވަނަ ދުވަހުގެ މެންދުރު 13:30 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. އަދި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެ ނުލެއްވި ނަމަވެސް ރުއްގަސް ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.