ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރަން ރާވާފައިވާ ކަންކަމުގައި އެކި ގޮތްގޮތުން އެހީތެރިކަން ހޯދުމަށް ސަރުކާރުގެ އިދާރާތަކާއި ބައްދަލު ކުރުމަށް ރަސްމީ ދަތުރެއްގައި ކައުންސިލްގެ ޓީމެއް މާލެއަށް ދަތުރު ކޮށްފިއެވެ.
މި ދަތުރުގައި ކައުންސިލްގެ 3 މެންބަރުންގެ އިތުރުން އިދާރީ މުވައްޒަފަކު ހިމެނިފައިވެއެވެ.
މި ދަތުރުގައި ވަނީ، ލޯކަލް ގަވަރނަންސް މިނިސްޓްރީ، އެންވާރަމަންޓް މިނިސްޓްރީ، ހައުސިންގ މިނިސްޓްރީ، ހެކްތް މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޔޫތު މިނިސްޓްރީ، އެމްޓީސީސީ، އަދި އެމްއައިޓީއާިއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވިފައެވެ. ،

