އޮންލައިން ހިދުމަތްތައް

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 123 ވަނަ އާއްމު ޖަލްސާގެ ނިންމުން

15 ފެބްރުއަރީ 2024ނިންމުންތައް

1.ކައުންސިލްގެ 4 ވަނަ ދަޢުރުގެ 123ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާގައި 3 ވަނަ ނަންބަރުގައި ހިމެނޭ 2024 ވަނަ އަހަރު ބަޖެޓް ފާސްކުރުމަށް 14 ޖަނަވަރީ 2024 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ނިންމުން.

2.ރަމަޟާން މަހު ތަރާވީހު ނަމާދުކުރުމަށް ހާފިޒަކު ގެނައުމުގެ މަސައްކަތް ކައުންސިލުން (އަމިއްލައަށް) ކުރިޔަށް ގެންދާގޮތަށް ނިންމުން.

3.ކައުންސިލްގެ 3 ވަނަ ދައުރުގެ 164 ވަނަ ޖަލްސާ (PN/2021/05) އިން ނިންމާފައިވާ ބީދައިން ވައިލެޓްވިލާ ގެއަށް އިތުރުވާ ފޫޓް އެ ގޯތީގެ ބެހެނިވެރިންނަށް އެއްވަރުވާ ގޮތަށް ދިނުމަށް ނިންމުން.

4.ގޯލްޑަން ފްޓްސަލް މުބާރާތުގައި ރަށު ޓީމެއް ބައިވެރިވެފައިވާތީ، ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ޓިމާއި ބައްދަލުކުރުމަށް ކައުންސިލް ޓީމެއް މާލެއަށް ދިޔުމަށާއި، ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މީސްމީޑިއާގެ ކެމްޕޭން އިތުރަށް ފުޅާކޮށް ކުރިޔަށް ގެންދިޔުމަށް ނިންމުން.