މިއަހަރުގެ ފިޠުރު ޒަކާތް މިރަމަޟާން މަހުގެ 02 (12 މާރިޗު 2024) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (06 އެޕްރީލް 2024) ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:00 އަށް މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށް ޖެހޭ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. އަދި 1445 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް މިއިޢުލާނާއެކު އެވަނީއެވެ. މި އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ސަރކިއުލަރ ގައިވާ ގޮތަށް ނަޤުދު ފައިސާއިންނެވެ. އަދި އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާނެ ވާހަކަވެސް ދަންނަވަމެވެ. ނަމަވެސް އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން ޒަކާތް ދެއްކުމަށް ހުޅުވާލާ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް އެފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.1445 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު
# | ބާވަތް | ފައިސާގެ އަދަދު |
1 | އާދައިގެ ހަނޑޫ | 12 ރުފިޔާ |
2 | ތައިލެންޑް ހުދު ހަނޑޫ | 70 ރުފިޔާ |
3 | ރަތް ހަނޑޫ | 80 ރުފިޔާ |
4 | ބާސްމަތީ ހަނޑޫ (އާދައިގެ) | 70 ރުފިޔާ |
5 | ބާސްމަތީ ހަނޑޫ (މޮޅު) | 100 ރުފިޔާ |
6 | ބާސްމަތީ ހަނޑޫ (އެންމެ މޮޅު) | 125 ރުފިޔާ |
7 | އާދައިގެ ފުށް | 10 ރުފިޔާ |
8 | އާޓާ ފުށް | 75 ރުފިޔާ |
