ނަންބަރު(IUL)311/311/2024/24
ތާރީޚް30 މެއި 2024
ތާރީޚް ހ23 ޛުލްޤައިދާ 1445
މި ރަށު ގަބުރުސްތާނުގެ ވިނަތައް ނޮޅާ ސާފުކޮށް، ނޮޅާވަޅިން ކުދިވިނަތައްވެސް ނޮޅާ، ބޮޑެތި ގަސްތައް ބުޑުން ނަގާ، ގަސްނެގި ވަޅުގަނޑުތަކަށް ފަސްލާ ރީތިކޮށްދީ ކުނިތައް އަމިއްލަ ހަރަދުގައި ޕިކަޕްގައި ކުނިކޮށްޓަށް ގެންގޮސް އުކާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 5 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޯޓޭޝަން (އަގާއި މުއްދަތު އެނގޭނެގޮތަށް) ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅުންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:05 ގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
