އޮންލައިން ހިދުމަތްތައް

2025 ވަނަ އަހަރަށް ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު އިމާމުކަމާއި މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތްތައް ހޯދުން

15 ޖެނުއަރީ 2025އިޢުލާން
ނަންބަރު(IUL)311/311/2025/2
ތާރީޚް14 ޖަނަވަރީ 2025
ތާރީޚް ހ15 ރަޖަބު 1446

މިރަށު ހުކުރު މިސްކިތުގެ އިމާމު އަދި މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމުކަމާއި މަސައްކަތު މީހުންގެ މަޝްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. އިމާމު / މުދިމްކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަޝްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދެވޭނީވެސް ތިރީގައިވާ ގޮތަށެވެ.

ވީމާ، މިކަމަށް އެދޭފަރާތްތަކުން 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

1- އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް( 61/- ރުފިޔާ

2- މުދިމު ސަނަދު ނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް ( 53/- ރުފިޔާ

3- މަސައްކަތު 45/- ރުފިޔާ