ނަންބަރު(IUL)311/311/2025/3
ތާރީޚް14 ޖަނަވަރީ 2025
ތާރީޚް ހ16 ރަޖަބު 1446
1446 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު ހުކުރު މިސްކިތުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެއުމަށް ހަމަޖެހިފައިވާ ޙާފިޡު މިރަށުގައި ހުންނަވާ 01 މަސްދުވަހުގެ މުއްދަތަށް ހުރުމާއި، ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަން ކޮށްދެއްވިދާނޭ އަގު 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އީމެއިލް info@fainu.gov.mv މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަމްބަރ 4000311 ފޯނާއި ގުޅުއްވުން އެދެމެވެ.
