އޮންލައިން ހިދުމަތްތައް

މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަކެތި ނީލަން ކިޔުން

13 ފެބްރުއަރީ 2025އިޢުލާން
ނަންބަރު(IUL)311/311/2025/07
ތާރީޚް12 ފެބުރުވަރީ 2025
ތާރީޚް ހ14 ޝަޢްބާން 1446

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 14:15 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

•ކާނި ލަކުޑި (ދަތުރުވެރިންގެ ހިޔާ ކައިރިހުރި ގަހުން ކޮށި)

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވުން އެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 4000311 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު، 07 ދުވަހުގެ ތެރޭގައި މުދާ ގެންދަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް އަދި މުދާ ނުގެންދަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ..

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.