އޮންލައިން ހިދުމަތްތައް

ލޭންޑްޔޫސް ޕްލޭން ރިވިއުކުރުމާއިގުޅޭގޮތުން ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

6 މާރޗް 2025އިޢުލާން
މިކައުންސިލުން ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލު ކުރުމަށް ބާއްވާ ބައްދަލުވުމެއް 10 މާރޗް 2025 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:30 ގައި ދަތުރުވެރިންގެ ހިޔާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިބައްދަލުވުމުގައި ދެޖިންސްގެ ވީހާވެސްގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މިޖަލްސާގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

1. ރަށުގެ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް އަލުން ފާސްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން

ލޭންޑްޔޫސް ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލުތައް/ކަންކަން މިއިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ތާރީޚް ހ: 06 ރަމަޟާން 1446 ތާރީޚް މ: 06 މާރޗް 2025
ނަންބަރު: (IUL)311/311/2025/12
ގުޅުންހުރި ފައިލް: ލޭންޑްޔޫސް ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލުތައްޑައުންލޯޑް