ލޭންޑްޔޫސް ޕްލޭނަށް ބައެއް ބަދަލުތައް ގެނައުމަށްޓަކައި ކައުންސިލަށް ލަފާދޭ ކޮމެޓީއާއި ރަށުގެ ރައްޔިތުންނާ އެކު ބޭއްވުނު ބައްދަލުވުމުގައި ރައްޔިތުން ވެސް ތާއީދު ކޮށްފައިވާގޮތަށް، ތިރީގައި އެވާ ބަދަލުތައް ލޭންޑްޔޫސްޕްލޭނަށް ގެނައުމަށް ކަމާގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އެކަން ކުރުމަށް ނިންމުން.
1. އެންމެފަހުން ދޫކޮށްފައިވާ ގޯތިތަކުގެ ހުޅަނގުން 76 ގައި ފިއުޗަރ ނޮން ސެސިޑެންޝިއަލް އޭރިއާގެ ގޮތުގައި ފާހަގަކޮށްފައިވާ ޒޯން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ހަމަޖައްސައި އެގޮތަށް އެ ބަދަލު ގެނައުން.
2. ފެނަކަ އިންޖީނުގެ ހުރި ބިމުގެ ދެކުނުން ކުލަބް ޔަންގް ސްޓަރސްގެ އިމާރާތުގެ އިރުމަތިން، 76 ގައި ފިއުޗަރ ނޮން ރެސިޑެންޝިއަލް އޭރިއާގެ ގޮތުގައި ފާހަގަކޮށްފައިވާ ބިމުގެ އެންމެ އިރުމަތިބައިން 1500 އަކަފޫޓްގެ ދެ ބިމެއް، ގުދަން ހެދުމަށް ދޫކުރުމަށްޓަކައި އެ ޒޯން އެފަދަ ބޭނުންތަކަށް ހާއްސަކުރުން.
3. ޞިއްހީ މަރުކަޒުގެ އުތުރުން އޮތް ހުސްބިމުން ބައެއްގައި ކެފޭ ރެސްޓޯރެންޓް ހިންގުމަށްޓަކައި އެބިން އެފަދަ ބޭނުންތަކަށް ހާއްސަކުރުން
4. މި ރަށުގައި އުފައްދާފައިވާ ކުލަބު ޖަމިއްޔާތަކުގެ އިންވެގެން އޮތް ދެ ބިން އެ ޖަމިއްޔާތަކުގެ ބޭނުމަށް ދިނުމަށާއި އެގޮތަށް ދޭއިރު ދެ ޖަމިއްޔާއަށް ވެސް އެއްވަރަށް ބިން ދިނުމުގެ ބޭނުމުގައި، ކުލަބް ޔަންގްސްޓަރސްގެ އުތުރުން އޮތް ބިމުގެ އިތުރުން އެ ޖަމިއްޔާގެ އިރުމަތިން 1313 އަކަފޫޓްގެ ބިމެއް ދިނުން.
5. މިހާރު އެސްޓީއޯ ބޭސްފިހާރަ ހިންގާ ބިމުގެ އުތުރުފަޅިން އިރަމާގެ އިރު ދެކުނު ކަނާ ހަމައަށް 488 އަކަފޫޓްގެ ސަރަހައްދެއް ބޭސްފިހާރަ ފަދަ ތަންތަން އެޅުމަށް ހާއްސަކުރުން
6. ބީއެމްއެލް އޭޓީއެމް އެޅުމަށްޓަކައި ކުރީގެ އަންހެނުންގެ މިސްކިތުގެ ގޯތިތެރެއިން އުތުރުފަޅިން އެކަމަށް ބިމެއް ހާއްސަކުރުން
