ރަށުގައި މަސައްކަތްކުރާ ބިދޭސީންގެ ހުއްދަ ނުވަތަ ވޯކްވިސާގެ ކަންކަން ބެލުމަށް ޕޮލިސް ނުވަތަ އިމިގްރޭޝަންއާ ގުޅިގެން ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށާއި، ރަށުގައި ދިރިއުޅޭ ބިދޭސީން އަމިއްލައަށް މަސައްކަތް ނެގުމުން މަސައްކަތުގެ އަގުތައް ބޮޑުވަމުންދާތީ ކައުންސިލަށް ލަފާދޭ ކޮމެޓީއާއި އިތުރު ފަރާތްތަކާ މަޝްވަރާކުރުމަށްފަހު މަސައްކަތްކުރެވޭނެ އަގުތަކެއް ކަނޑައެޅުމަށް ނިންމުން.
