އޮންލައިން ހިދުމަތްތައް

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 198 ވަނަ އާންމު ޖަލްސާގެ (PN/2025/35) ނިންމުން

8 ސެޕްޓެމްބަރ 2025ނިންމުންތައް

ލޯކަލް ޓޫރިޒަމް ޕްލޭނެއް އެކުލަވާލުމަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެކުރިން ކުރި އިޢުލާނާ ގުޅިގެން އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް އަގެއް ހޯދުމަށް ކުރި މަސައްކަތުން ހަމައެކަނި އަގެއް ލިބިފައިވަނީ ޖަޒީރާ ހޮސްޕިޓާލިޓީ މޯލްޑިވްސް އިން ކަމަށްވާތީއާ، އެ ފަރާތަކީ އެކަމަށް ޤާބިލް އަދި ތަޖުރިބާ ހުރި ފަރާތެއްކަން ފާހަގަކުރެވޭތީ، ލޯކަލް ޓޫރިޒަމް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޖަޒީރާ ހޮސްޕިޓާލިޓީ މޯލްޑިވްސް އިން ހުށަހަޅާފައިވާ 34,950.00 (ތިރީސް ހަތަރުހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާއަށް އެ މަސައްކަތް ޙަވާލުކުރުމަށް ނިންމުން.