ހުށަހެޅުން:
ޓޫރިޒަމް ޕްލޭނަށް ހިޔާލު ހޯދުމަށް މާލެއަށް ދަތުރެއް ކުރުން
ހުށަހެޅުން ފޮނުވި ފަރާތް:
ކައުންސިލްގެ ނައިބުރައީސް ޙަސަން ވަޙީދު
ނިމުނުގޮތް :
މި ރަށުގެ ޓޫރިޒަމް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، މާލޭގައި ދިރިއުޅޭ ރަށުގެ ރައްޔިތުންގެ ހިޔާލު މިކަމުގައި ހޯދުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ އަދި އެ ރައްޔިތުންނާ އެކު މާލޭގައި ބައްދަލުވުމެއް ބޭއްވުމަށް، ޕްލޭން އެކުލަވާލާ ފަރާތުން ވެސް ހުށަހަޅާފައިވާތީ، ކައުންސިލްގެ ދެ މެންބަރުންނާއި އިދާރީ މުވައްޒަފެއް ހިމެނޭހެން، -/10،000 (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑު ނުވާނޭގޮތަކަށް މާލެއަށް ދަތުރެއް ކުރުމަށް ނިންމުމާއި މި އަހަރުގެ ތެރޭގައި މާލެއަށް ދަތުރުތަކެއް ކުރެވިފައިވާތީއާ އެކު މި ދަތުރުގެ ހަރަދު ވީހާވެސް ކުޑަކުރުމަށް ނިންމުން.
