އޮންލައިން ހިދުމަތްތައް

މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަކެތި ނީލަން ކިޔުން

29 ސެޕްޓެމްބަރ 2025އިޢުލާން
ނަންބަރު(IUL)311/311/2025/37
ތާރީޚް29 ސެޕްޓެމްބަރ 2025
ގުޅުންހުރި ފައިލްނީލަން ލިސްޓް

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 08 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 14:15 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވުން އެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 4000311 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު، 07 ދުވަހުގެ ތެރޭގައި މުދާ ގެންދަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް އަދި މުދާ ނުގެންދަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ނީލަމުގައި ވިއްކާލެވޭ ތަކެތީގެ ލިސްޓް މިއިޢުލާނާ އެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.