"ރ. ފައިނުގެ ހިދުމަތްތެރީންނާއި މަސައްކަތްތެރީންގެ އަގުވަޒަންކުރުމުގެ އުސޫލު" އަށް 1 ވަނަ އިޞްލާހު ގެނައުމުގެ ގޮތުން ތިރީގައި މިވާ އިޞްލާހުތައް ގެނައުމަށް ނިންމުން.
3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން
| އަގުވަޒަންކުރުމަށް އިނާމު ދެވޭނެ ފަރާތްތައް ނުވަތަ ދާއިރާތައް | 3 | (ހ) (ށ) (ނ) (ރ) (ބ) | ޝަރަފުވެރިކަމުގެ އިނާމު މަތީދަރަޖަ އިނާމު ޚިދުމަތުގެ އިނާމު ފަޚުރުވެރިކަމުގެ އިނާމު ޚާއްޞަ ޚިދުމަތުގެ އިނާމު |
4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން
| ޝަރަފުވެރިކަމުގެ އިނާމު | 4 | (ހ) | ޝަރަފުވެރިކަމުގެ އިނާމު ދެވޭނީ ދައުލަތުގެ މަޤާމެއްގައި ޚިދުމަތުގެ މުއްދަތު މެދުނުކެނޑި މަދުވެގެން 25 (ފަންސަވީސް) އަހަރު ނުވަތަ އެއަށްވަރު ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފައިނު ރައްޔިތުންނަށެވެ. ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ ފަރާތްތަކާއި، ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށެވެ. ޝަރަފުވެރިކަމުގެ އިނާމު ދެވޭނީ ކަނޑައެޅިފައިވާ ދާއިރާތަކުން އިނާމާއިބެހޭ ކޮމެޓީން ކަނޑައަޅާ ފަރާތްތަކަށެވެ. އަދި ޝަރަފުވެރިކަމުގެ އިނާމުގެ ގޮތުގައި ހަނދާނީ ފިލައެއްގެ އިތުރުން އިނާމާ ބެހޭ ކޮމެޓީން ކަނޑައަޅާ އިނާމެއް ނުވަތަ އެއްޗެއް ދެވިދާނެއެވެ. |
5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން
| މަތީދަރަޖަ އިނާމު | 5 | (ހ) | މަތީ ދަރަޖަ އިނާމު ދެވޭނީ ޖީ.ސީ.އޯ ލެވެލް، ޖީ.ސީ.އެސް.އީ، އެސް.އެސް.ސީ އިމްތިހާނުތަކުންނާއި އެޑްކްޝެލް ޖީ.ސީ.އީ އޭ ލެވެލް އަދި އެޗް.އެސް.އީ އިމްތިހާނުތަކުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުޞޫލުގެ ދަށުން ރާއްޖެއިން ޓޮޕް 10 ގައި ހިމެނޭ ފަރާތްތަކާއި ދުނިޔޭގެ ފެންވަރުގައި ހިމެނޭ ދަރިވަރުންނަށާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭގެ މިންގަނޑުތަކުގެ ދަށުން ޑިގްރީ އިން ފެށިގެން މަތީ ޕްރޮގްރާމެއް ނުވަތަ ކޯސްތަކުން ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި 1، 2 އަދި 3 ވަނަ ހޯދާ ދަރިވަރުންނަށާއި، ހާފިޡް ކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށެވެ. އަދި ކުޅިވަރު ދާއިރާއިން ސްކޫލް، ކުލަބު ޖަމުއިއްޔާ، ޖަމާޢަތްތައް އަމިއްލަ ފަރާތްތަކުގެ ތެރެއިން ބައިނަލް އަޤްވާމީ ފެންވަރުގެ މުބާރާތަކާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުން 1 ވަނަ ހޯދާފައިވާ ފަރާތްތަކަށް މި އިނާމު ދެވިދާނެއެވެ. މަތީ ދަރަޖަ އިނާމުގެ ގޮތުގައި ހަނދާނީ ފިލައެއްގެ އިތުރުން އިނާމާ ބެހޭ ކޮމެޓީން ކަނޑައަޅާ އިނާމެއް ނުވަތަ އެއްޗެއް ދެވިދާނެއެވެ. |
| (ށ) | މި އިނާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލެވޭނެއެވެ. އޭގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކަށް ކޮމެޓީގެ ފަރާތުން ވެސް މައުލޫމާތު ހޯދުމަށް ފޮނުވިދާނެއެވެ. |
6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން
| ހިދުމަތުގެ އިނާމު | 6 | (ހ) | މި އިނާމަކީ ތިރީގައިއެވާ ދާއިރާތަކުން ރަށަށް އެކަށީގެންވާ އަގުހުރި ހިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ ފަރާތްތަކާއި ކުލަބު ޖަމިއްޔާ ޖަމާއަތްތަކުގެ އަގުވަޒަން ކުރުމަށް ދެވޭ އިނާމެކެވެ. މި އިނާމު ދެވޭނީ ކަނޑައެޅިފައިވާ ދާއިރާތަކަށް ވަކިވަކިން ބެލުމަށްފަހު އިނާމާ ބެހޭ ކޮމެޓީންގެ އަގުލަބިއްޔަތުން އިހުތިޔާރުކުރާ ފަރާތްތަކަކަށެވެ. މި ފަރާތްތައް އިހުތިޔާރު ކުރުމުގައި ދާއިރާތަކުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދޭންވާނެއެވެ. އަދި މި އިނާމު ދެވޭނީ އޭގެތެރެއިން ދާއިރާއެއްގައި މަދުވެގެން 15 (ފަނަރަ) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަށް ހިދުމަތް ކޮށްފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށެވެ. މިއިނާމު ދެވޭނީ މިއުޞޫލަށް ތަންފީޒުކުރާ ފުރަތަމަ އަހަރު ޖުމުލަ 5 (ފަހެއް) ފަރާތަކަށެވެ. އަދި އެއަށްފަހު ޖެހިގެން އޮންނަ އަހަރުތަކުގައި ފަހަރަކު 10 (ދިހައެއް) ފަރާތަކަށެވެ. ހިދުމަތުގެ އިނާމުގެ ގޮތުގައި ހަނދާނީ ފިލައެއްގެ އިތުރުން އިނާމާ ބެހޭ ކޮމެޓީން ކަނޑައަޅާ އިނާމެއް ނުވަތަ އެއްޗެއް ދެވިދާނެއެވެ. |
| (ށ) | ހިދުމަތުގެ އިނާމު ދެވޭ ދާއިރާތައް: ހިންގުމުގެ ދާއިރާ ތައުލީމީ ދާއިރާ މަސްވެރިކަމުގެ ދާއިރާ ދަނޑުވެރިކަމުގެ ދާއިރާ ކުޅިވަރުގެ ދާއިރާ ފަތުރުވެރިކަމުގެ ދާއިރާ އުފެއްދުންތެރިކަމުގެ ދާއިރާ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ ޞިއްޙީ ދާއިރާ ދިވެހި ބަހާއި އަދަބިއްޔާތު، އަދި ތާރީޚާއި ޝަޤާފަތުގެ ދާއިރާ ގުރުއާން އުނގެނުމާއި، ގުރުއާނުގެ އިލްމު އުނގަންނައިދިނުމުގެ ދާއިރާ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ ފަންނުވެރިކަމުގެ ދާއިރާ މީސްމީޑިއާގެ ދާއިރާ އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރުމުގެ ދާއިރާ | ||
| (ނ) | ހިދުމަތުގެ އިނާމު ދިނުމުގައި ތިރީގައި މިވާ މިންގަނޑުތަކުގެ ތެރެއިން މިންގަނޑަކަށް ރިޔާޢަތް ކުރެވިދާނެއެވެ. (1) ރަށުގެ ކުރިއެރުމާއި، ތަރައްޤީއަށްޓަކައި މަސައްކަތް ކޮށްދެއްވާފައިވާ މިންވަރާއި ގޮތް (2) ކުރާ މަސައްކަތަކުން، ޚިދުމަތަކުން، މުބާރާތަކުން ގައުމީ އަދި ބައިނަލްއަޤްވާމީ ދާއިރާގައި ރަށާއި ރާއްޖެއަށް ރީތި ނަމާއި ޝަރަފު ހޯދައިދީފައިވުން (3) އިނާމަށް ހުށަހެޅުނު ދާއިރާއިން މުޖުތަމަޢުއަށް ފައިދާ ހުރި ގޮތެއްގައި މަސައްކަތެއް ނުވަތަ ޚިދުމަތެއް ކޮށްދީފައިވުން (4) ލިބިފައިވާ ޢިލްމެއް ނުވަތަ ހުނަރެއް މުޖުތަމަޢުއަށް ބޭނުންތެރި ގޮތެއްގައި ހިފާފައިވުމާއި، އެހެން މީހުންނަށް އުނގަންނައިދީފައިވާ މިންވަރާއި ޙާސިލްކުރެވުނު ނަތީޖާ (5) އައު އީޖާދުތަކާއި ދިރާސާތަކުން ހޯދާފައިވާ ކާމިޔާބީތައް (6) ހިލޭ ސާބަހަށް ކޮށްދީފައިވާ މަސައްކަތްތައް |
7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން
| ޙާއްޞަ ޚިދުމަތުގެ އިނާމު | 7 | (ހ) | މި އިނާމު ދެވޭނީ ރަށަށް ފާހަގަކޮށްލެވޭ އަސާސީ ޚިދުމަތްތަކާއި ދަރުމަވެރި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށެވެ. މިކެޓަގަރީއިން އިނާމު ދެވޭނީ ކައުންސިލުން ހުށަހަޅާ ނަންތަކުގެ ތެރެއިން ކޮށްދީފައިވާ ހިދުމަތަށް ބަލާ، އިނާމާއިބެހޭ ކޮމެޓީއިންނެވެ. ޚާއްޞަ ޚިދުމަތުގެ އިނާމުގެ ގޮތުގައި ހަނދާނީ ފިލައެއްގެ އިތުރުން އިނާމާ ބެހޭ ކޮމެޓީން ކަނޑައަޅާ އިނާމެއް ނުވަތަ އެއްޗެއް ދެވިދާނެއެވެ. |
8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން
| ފަޚުރުވެރިކަމުގެ އިނާމު | 8 | (ހ) | މި އިނާމު ދެވޭނީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ފަދަ ޚާއްޞަ މަޤާމެއްގައި ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކާއި ޑޮކްޓަރޭޓް ޑިގުރީ ހާޞިލުކުރާ ފަރާތްތަކަށެވެ. ފަޚުރުވެރިކަމުގެ އިނާމުގެ ގޮތުގައި ހަނދާނީ ފިލައެއްގެ އިތުރުން އިނާމާ ބެހޭ ކޮމެޓީން ކަނޑައަޅާ އިނާމެއް ނުވަތަ އެއްޗެއް ދެވިދާނެއެވެ. |
9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން
| އިނާމުތަކަށް ނަން ހުށަހެޅުން | 9 | (ހ) | މި އިނާމުތަކުގެ ތެރެއިން އިއުލާނުކޮށްގެން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލުމުން، އެކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އެގޮތުން އަމިއްލަ ގޮތުން، ކުލަބު ޖަމުޢިއްޔާ ޖަމާއަތްތައް، ސަރުކާރުގެ އިދާރާއަކުން ނުވަތަ މިނިވަން މުއައްސަސާ، ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އިނާމަށް އެދި ނަން ހުށަހެޅިދާނެއެވެ. ނަން ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދަންވާނީ ފަސޭހަ ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން ނަން ހުށަހަޅާ ފަރާތްތަކުން ނަން ހުށަހެޅުމުން ކޮމެޓީން ބޭނުންވެއްޖެނަމަ އިތުރު މައުލޫމާތާއި ލިޔެކިޔުން ހޯދުމަށް މުއްދަތެއް ދިނުމަށްފަހު އެ ފަރާތްތަކުގައި އެދެވިދާނެއެވެ. މި އިނާމުތަކަށް ނަން ހުށަހެޅޭނީ، އިނާމުދޭ މުއްދަތުގައި ދުނިޔޭގައި ތިބި ފަރާތްތަކަށެވެ. ނަމަވެސް، މި އުސޫލުގެ ދަށުން އިނާމުދޭން ފަށާފަހުން ނިޔާވާ، އިނާމަށް ޝަރުތުހަމަވާ ފަރާތްތަކަށް އިނާމު ދެވިދާނެއެވެ. މި އުސޫލުގެ ދަށުން އިނާމުދޭން ފެށުމުގެކުރިން ނިޔާވެފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިކަމަށް ބާއްވާ ޖަލްސާގައި އެ ފަރާތްތަކަށް ހާއްސަ ވީޑިއޯ ރިޕޯޓެއް ގެނެސްދެވިދާނެއެވެ. |
