އޮންލައިން ހިދުމަތްތައް

މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

27 އޮކްޓޯބަރ 2025އިޢުލާން
ނަންބަރު(IUL)311/311/2025/41
ތާރީޚް27 އޮކްޓޯބަރ 2025
ތާރީޚް ހ11ޖުމާދޫލްއޫލާ 1446
ގުޅުންހުރި ފައިލްމޫސުމީ ދަނޑުބިމުގެ އުސޫލް 2020/2 1 ވަނަ އިސްލާހް
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މިރަށުން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުވެސް ދަނޑު ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާނީ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ. އަދި ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ އަޙުމަދީމަގުން 60 (ފަސްދޮޅަސް) ދަނޑެވެ.

ވީމާ، ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 04 ނޮވެމްބަރ 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅޭނެއެވެ..

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
ދަނޑުބިމަށް އެދޭ އޮންލައިން ފޯމް