ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީން މި ރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް މޮނިޓަރ ކުރުމަށް ކޮމެޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮމެޓީގައި އާންމުންގެ ފަރާތުން ހިމެނުމަށް ހަމަޖެހިފައިވާ މެންބަރުންގެ ގޮތުގައި ކޮމެޓީއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
އާންމުންގެ ތެރެއިން ކޮމެޓީގައި ހިމެނުމުގެ ފުރުސަތު އޮތް ދާއިރާތައް:
1. އާންމު ރައްޔިތުންގެ ތެރެއިން މެންބަރެއް
2. ކުލަބް ޖަމިއްޔާތަކުން މެންބަރެއް
3. އިސްރަށްވެހިންގެ ތެރެއިން މެންބަރެއް
4. ޒުވާނުންގެ ތެރެއިން މެންބަރެއް
ވީމާ، މި ދާއިރާތަކުން ކޮމެޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކުން 07 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލްފޯމް މެދުވެރިކޮށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނާ އެކު ކޮމެޓީއާ ގުޅޭ އުސޫލު އާންމުކުރެވިފައިވާނެއެވެ.
އޮންލައިން ލިންކް:
https://forms.gle/kfbq7gQD24WCraXe7
