އޮންލައިން ހިދުމަތްތައް

މިކައުންސިލް ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތި ނީލަން ކިޔުން

27 ނޮވެމްބަރ 2025އިޢުލާން
ނަންބަރު(IUL)311/311/2025/54
ތާރީޚް27 ނޮވެންބަރު 2025

މިކައުންސިލް ބެލުމުގެ ދަށުގައިހުރި ތިރީގައި މިދަންނަވާ ނީލަންކިޔުން 03 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:15 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

• ކައުންސިލްގެ އާއިމާރާތް އަޅާ ބިމުންނަގާފައިހުރި ގަސްތައް
• 10 ސޯލާ (ވިންޑް ޓާބައިންގައި ބޭނުންކުރި)
• 3 ލޯޑް (މިސްކިތުން ނެގި)

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވުން އެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 4000311 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު، 07 ދުވަހުގެ ތެރޭގައި މުދާ ގެންދަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް އަދި މުދާ ނުގެންދަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ނީލަމުގައި ވިއްކާލެވޭ ތަކެތީގެ ލިސްޓް މިއިޢުލާނާ އެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.