ކައުންސިލްގެ ސީނިއަރ މެނޭޖްމަންޓް ޓީމް (އެސް.އެމް.ޓީ) ގައި ހިމެނޭ ފަރާތްތަކުގެ ގޮތުގައި ތިރީގައިވާ ފަރާތްތައް ކަނޑައެޅުމަށާއި، އަދި އެސް.އެމް.ޓީގެ މަސްޢޫލިއްޔަތުތަކުގެ ގޮތުގައި ތިރީގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތުތައް ކަނޑައެޅުމަށް ނިންމުން.
| # | ނަން | މަޤާމް |
| 1 | އަޙްމަދު ރިޝްފާނު | ކައުންސިލްގެ ރައީސް |
| 2 | ޙަސަން ވަޙީދު | ކައުންސިލްގެ ނައިބްރައީސް |
| 3 | މުޙައްމަދު ފައިޞަލް | ކައުންސިލަރ |
| 4 | އާމިނަތު ސިޒުނާ | ކައުންސިލަރ |
| 5 | އާސިމާ އިބްރާހީމްމަނިކު | ކައުންސިލަރ |
| 6 | އިބްރާހީމް ފައިސަލް | ސެކްރެޓަރީ ޖެނެރަލް |
| 7 | އިބްރާހީމް ފަހީމް | ކައުންސިލް އެގްޒެކެޓިވް |
| 8 | އާމިނަތު ވަސީމާ | އ. ކައުންސިލް އެގްޒެކެޓިވް |
| 9 | ހަސަން ޒާހިރު | ސީނިއަރ ފައިނޭންސް އޮފިސަރ |
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
ކައުންސިލްގެ ސެކްޝަންތަކުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތައް ހިއްސާކުރުމާއި އިދާރީގޮތުން ކައުންސިލަށް ބޭނުންވާ ލަފާ އާއި މަޝްވަރާދިނުން
އިދާރީ ގޮތުން ސެކްޝަންތަކުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންހުރި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުން.
އެއް ސެކްޝަނަށްވުރެ ގިނަ ސެކްޝަންތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ބޭނުންވާ ކޯޑިނޭޝަން އާ ބެހޭގޮތުން މަޝްވަރާކުރުން.
ވަކި ހަރަކާތެއް ނުވަތަ ކަމަކާއިގުޅިގެން މަޝްވަރާކުރުމަށް ކޮމެޓީގެ ބައްދަލުވުން ބާއްވާނަމަ އެކަމަކާއިގުޅޭ މަސައްކަތް ކުރާ މުވައްޒަފު ބައިވެރިކުރަން ކައުންސިލުން އެދިއްޖެނަމަ އެމުވައްޒަފަކު ކޮމެޓީ ބައްދަލުވުމުގައި ބައިވެރިކުރުން.
