އޮންލައިން ހިދުމަތްތައް

ރަށުގެ މަގުތަކުގައި ގަސް އިންދުމަށް އެދުމުގެ ފުރުސަތު ހުޅުވާލުން

21 ޖެނުއަރީ 2026އިޢުލާން
ނަންބަރު(IUL)311/311/2026/04
ތާރީޚް21 ޖަނަވަރީ 2026
ގުޅުންހުރި ފައިލްވެށިފަހި ފައިނު ޕުރޮގުރާމް ގެ ދަށުން ރަށުގެ މަގުތަކުގައި ގަސް އިންދުމުގެ އުޞޫލު

ވެށިފަހި ފައިނު ޕުރޮގުރާމް ގެ ދަށުން ރަށުގެ މަގުތަކުގައި ގަސް އިންދުމުގެ އުޞޫލުގެ ދަށުން ގަސް އިންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މިއުޞޫލުގެ ދަށުން ކޮންމެ ގޯއްޗެއްގެވެސް ވެރިފަރާތަށް އެ ގޯއްޗާއި އިންވެގެން އޮންނަ މަގުގައި ގަސް އިންދުމުގެ ހުއްދަ ދެވޭނެއެވެ. އަދި މަގުގައި ޖާގަ އޮތް މިންވަރެއް ބަލާ މުއައްސަސާތަކަށްވެސް ގަސް އިންދުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ.

ފުރަތަމަ މަރުހަލާގައި ކޮންމެ ގެއަކަށް/މުއައްސަސާއަކަށް ވެސް ހުއްދަ ދެވޭނީ 1 (އެކެއް) މޭވާ އަޅާ ގަސް ނުވަތަ ޒީނަތްތެރިކުރުމުގެ ގޮތުން ހެއްދިދާނެ 1 (އެކެއް) ގަސް އިންދުމަށެވެ. މިގޮތުން ކާމަރަނގަ، ފެންފޯއް، ފޭރު، ޖަނބުރޯލު، ސަބުދެލި، އެވޮކާޑޯ، އަނބުޅަ، އަތަ، ދަނބުގަސް، ތީނި ގަސް، ލޯންގަން، މާ އަޅާ (ހިޔާދޭ، ކަށި ނުހުންނަ) ގަސް އަދި މީގެ އިތުރުން ކައުންސިލުން ހުއްދަދޭ ގަހުގެ ބާވަތްތައް އިންދިދާނެއެވެ.

ގަސް އިންދުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 31 ޖަނަވަރީ 2025 ގެ ނިޔަލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.