މިކައުންސިލްގެ "ހޯމް ފިލްޓަރ" ޕްރޮގްރާމްގެ ދަށުން ހެޔޮ އަގުގައި ގޭބިސީތަކަށް ފެންފިލްޓަރ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެންފިލްޓަރ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޭބިސީއަކަށް 1 (އެކެއް) ފިލްޓަރ އެވެ. ފިލްޓަރ ބޭނުންވާ ގޭބިސީތަކުގެ އަދަދު ބެލުމަށްފަހު ފިލްޓަރ ގަތުމުގެ ކުރިން ފިލްޓަރގެ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ފެންފިލްޓަރ ދޫކުރެވޭނީ މިކައުންސިލާއި ގޭބިސީއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން ގަންނަ ފެންފިލްޓަރަށް ދައްކަންޖެހޭ ފައިސާ މަސްމަހަށް ބަހާލައިގެން ދެއްކޭނެއެވެ. މިގޮތުން ފައިސާ ދައްކާ ނިންމުމަށް 5 މަހާއި 1 އަހަރާއި ދެމެދުގެ މުއްދަތެއް ދެވޭނެއެވެ.
ވީމާ، ފެންފިލްޓަރ ގަންނަން އެދޭ ގޭބިސީތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 25 މާރޗް 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިކައުންސިލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ. އަދި ކައުންޓަރުންވެސް ފޯމް ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 7515969 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
