އޮންލައިން ހިދުމަތްތައް

3 (ތިނެއް) އަހަރަށް ދަނޑުބިން ކުއްޔަށް ދޫކުރުން

29 ސެޕްޓެމްބަރ 2026އިޢުލާން
ނަންބަރު(IUL)311/311/2026/46
ތާރީޚް29 ސެޕްޓެމްބަރ 2026
ތާރީޚް ހ17 ރަބީޢުލްއާޚިރު 1448
ގުޅުންހުރި ފައިލްރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު (އިސްލާހްތަކާއިއެކު)

"ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އަށް ބައެއް އިސްލާހްތައް އައިސްފައިވާތީ، 3 (ތިނެއް) އަހަރުގެ މުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުދޫކުރުމަށްޓަކައި ކޮށްފައިވާ މި އިދާރާގެ ނަމްބަރ (IUL)311/311/2026/42 އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ދަނޑުބިން ދޫކުރާގޮތަށް ހަމަޖެހިފައިވަނީ ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 10،000 (ދިހަހާސް) އަކަފޫޓުގެ 8 (އަށެއް) ދަނޑުބިމެވެ. ދަނޑުބިން ދޫކުރާނީ "ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ދަނޑުބިމަށް ކުރިމަތިލާ ފަރާތްތަކުން މީހަކަށް ގިނަވެގެން ދޫކުރެވޭނީ 10،000 (ދިހަހާސް) އަކަފޫޓްގެ 1 (އެކެއް) ދަނޑެވެ. މީގެ ތެރޭގައި 3 (ތިނެއް) އަހަރަށް ދޫކޮށްފައިވާ ދަނޑުބިމުގެ މުއްދަތު 3 (ތިނެއް) އަހަރު ވެފައިވާ ފަރާތްތައް ހިމެނޭނެއެވެ. މިގޮތުން މުއްދަތު ބަލާއިރު ބަލާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީހާއި ހަމައަށެވެ.

ވީމާ، ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 8 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ ކައުންސިލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއިއެކު ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓާއި "ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.