ދަނޑުބިމަށް ކުރިމަތިލާ ފަރާތްތަކުން މީހަކަށް ގިނަވެގެން ދޫކުރެވޭނީ 10،000 (ދިހަހާސް) އަކަފޫޓްގެ 1 (އެކެއް) ދަނޑެވެ. މީގެ ތެރޭގައި 3 (ތިނެއް) އަހަރަށް ދޫކޮށްފައިވާ ދަނޑުބިމުގެ މުއްދަތު 3 (ތިނެއް) އަހަރު ވެފައިވާ ފަރާތްތައް ހިމެނޭނެއެވެ. މިގޮތުން މުއްދަތު ބަލާއިރު ބަލާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީހާއި ހަމައަށެވެ. ދަނޑުބިން ދޫކުރަންވާނީ ދެމަފިރިންނަށް 2 (ދޭއް) ދަނޑު ނުލިބޭގޮތަށެވެ.
3 (ތިނެއް) އަހަރުގެ ދަނޑުބިމަކީ ވަކިވަކިފަރުދުންނަށް ދޫކުރާ ދަނޑުބިންތަކެއް ކަމަށްވާތީ، ކުންފުނިތަކަށް ދޫކުރާނީ ބީލަން އުސޫލުން ދޫކުރާ ދަނޑުބިންތަކަށެވެ.
ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު އަންނަނިވިގޮތަށް އިސްލާހްކުރުމަށް ނިންމުން
އުޞޫލުގެ 7 ވަނަ މާއްދާގެ (އ) އިސްލާހުކުރުން: 3 (ތިނެއް) އަހަރަށްވުރެ ދިގުމުއްދަތަށް ދޫކުރާ ދަނޑުބިން ދޫކުރަންވާނީ ބީލަން އުސޫލުންނެވެ. އެގޮތުން ބީލަން އުޞޫލުން ދޫކުރާ ދަނޑުތަކަށް ބީލަން ހުށަހެޅޭނީ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އުޞޫލުގެ 7 ވަނަ މާއްދާއަށް (ވ) އިތުރުކުރުން: 3 (ތިނެއް) އަހަރަށް ދޫކުރާ ދަނޑުބިން ޙަވާލުކުރެވޭނީ، މީގެކުރިން 3 (ތިނެއް) އަހަރަށް ދޫކޮށްފައިވާ ދަނޑުބިމަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާ ދައްކާ ނިންމުމުންނެވެ.
އުޞޫލުގެ 8 ވަނަ މާއްދާގެ (ހ)ގެ (1) އިސްލާހުކުރުން: 10 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަނީ ބީލަމުގައި ހުށަހަޅާ އަގަށެވެ. ބީލަން ހުށަހެޅޭނީ މަދުވެގެން މަހަކު އަކަފޫޓަކަށް -/10 (ދިހައެއް) ލާރީގެ ރޭޓުންނެވެ.
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމުގައި ދަނޑުވެރިކަން ކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ (1.1) އިސްލާހުކުރުން: ފައިނުގައި ރަޖިސްޓްރީ ވެފައިވާ މީހެއް ނަމަ.
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމުގައި ދަނޑުވެރިކަން ކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ (1.1) އިސްލާހުކުރުން: ފައިނުގައި ރަޖިސްޓްރީ ވެފައިވާ މީހެއް ނަމަ.
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމުގައި ދަނޑުވެރިކަން ކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ (2 ވަނަ ބައި) ތަފްސީލް ހިމެނުން: ދަނޑުވެރިކަމުގެ ތަމްރީނުގެ ބަޔަށް ޕޮއިންޓް ދެވޭނީ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ. ނަމަވެސް ކައުންސިލުން ކުރިޔަށް ގެންގޮސްފައިވާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ނަމަ ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ދަނޑުވެރިކަމުގެ ތަޖުރިބާގެ ބަޔަށް ޕޮއިންޓް ދެވޭނީ މީގެ ކުރިން މޫސުމީ ނުވަތަ ދިގުމުއްދަތުގެ ދަނޑުވެރިކަން ކޮށްފައިވާނަމައެވެ. އެގޮތުން އެފަދަ ދަނޑުވެރިކަމެއް އެންމެފަހަރަކު ކޮށްފައިވީ ނަމަވެސް ތަޖުރިބާގެ ބަޔަށް 5 ޕޮއިންޓް ލިބޭނެއެވެ.
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމުގައި ދަނޑުވެރިކަން ކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލަށް (3.1) އިތުރުކުރުން:ދަނޑުބިން ދޫކުރެވޭނީ މީހަކަށް ގިނަވެގެން 1 (އެކެއް) ދަނޑެވެ. މިގޮތުން ދަނޑުބިމަށް އެދިފައިވަނީ ދެމަފިރިންކަމަށްވާނަމަ، ދަނޑުދޫކުރެވޭނީ ދެމަފިރިންކުރެ އެންމެ މަތިން ޕޮއިންޓް ލިބޭ އެކަކަށެވެ.
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުބިމުގައި ދަނޑުވެރިކަން ކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 3 ވަނަ ބައިގައި ބަޔާންކޮށްފައިވާ އަސާސީ މުސާރަތައް އިސްލާހުކުރުން:
އަސާސީ މުސާރަ 3000 އާއި 6999 ދެމެދު،
އަސާސީ މުސާރަ 7000 އާއި 7999 ދެމެދު،
އަސާސީ މުސާރަ 8000 އާއި 8999 ދެމެދު،
އަސާސީ މުސާރަ 9000 އާއި 9999 ދެމެދު،
