އޮންލައިން ހިދުމަތްތައް

ކައުންސިލްގެ 5 ވަނަ ދަޢުރުގެ 18 ވަނަ އާއްމު ޖަލްސާގެ (PN/2026/54) ނިންމުން

4 އޮކްޓޯބަރ 2026ނިންމުންތައް

ފެނަކަ ފައިނު ބްރާންޗްގެ ދެކުނުން ފިއުޗަރ ނޮން ރެސިޑެންޝިއަލް ބޭނުމަށް މިހާރު އޮތް ބިމަކީ މީހުން ދިރިއުޅުމަށް އެކަށޭނެ ބިމަކަށް ނުވާނެތީއާއި، އެ ބިމުގެ ބޭނުން އަވަހަށް އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ގުދަން ފަދަ ތަންތައް ހެދުމުން ކަމަށްވާތީ، ފެނަކަ ފައިނު ބްރާންޗްގެ ދެކުނުން ފިއުޗަރ ނޮން ރެސިޑެންޝިއަލް ބޭނުމަށް މިހާރު އޮތް ބިމުން 70 ފޫޓް 25 ފޫޓްގެ 2 (ދޭއް) ބިން ގުދަން ހެދުމަށް ދޫކުރަން ނިންމުން.