މިއަހަރުގެ ލާމަރުކަޒީ ދުވަސް ރަށު ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން ކައުންސިލުން އިސްނަގައިގެން ޚާއްޞަ ވޮލީމެޗެއް ކުރިޔަށް ގެންގޮސްފިއެވެ.
މިއަހަރުގެ ލާމަރުކަޒީ ދުވަސް ކަމުގައިވާ 26 ފެބްރުއަރީ 2017 ވަނަ ދުވަހު ކުރިޔަށް ގެންދެވުނު މިވޮލީ މެޗްގައި ބައްދަލުކުރީ ފައިނު ކައުންސިލްގެ އިދާރާގެ ޓީމަކާއި ފައިނުގައިހުރި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންގެ ޓީމެކެވެ. މިމެޗް ކާމިޔާބު ކޮށްފައިވަނީ ފައިނު ކައުންސިލްގެ އިދާރާގެ ޓީމެވެ.
މިމެޗް ނިންމާލުމަށްފަހު 2 ޓީމަށްވެސް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކުރުން އޮތެވެ. އަދި މިޗްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް ހަނދާނީ ލިޔުމެއް އެރުވުނެވެ. ހަނދާނީ ލިޔުން ކުޅުންތެރިންނާއި ޙަވާލު ކުރެއްވީ ފައިނު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ވަސީމެވެ.
ގުޅުންހުރި ފޮޓޯ:
ގުޅުންހުރި ފޮޓޯ:
