އޮންލައިން ހިދުމަތްތައް

ލޯކަލް ކައުންސިލް އިންތިޚާބް 2017 ގެ ގުރުއަތުލުން ބާއްވައިފި

ލޯކަލް ކައުންސިލް އިންތިޚާބު 2017 އަށް ރަށު ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ގުރުއަތުން މިއަދުގެ 10:00 ގައި
ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ. ގުރުއަތުލުން ކުރިޔަށް ގެންގޮސްފައިވަނީ އިލެކްޝަން ކޮމިޝަންގެ ފަރާތުން ކަނޑައަޅުއްވާފައިވާ ފޯކަލް ޕޮއިންޓްގެ ބެލުމުގެ ދަށުންނެވެ. ރަށު ކައުންސިލަށް ކުރިމަތި ލައްވާފައިވަނީ 6 ކެނޑިޑޭޓުންނެވެ. އެއީ، ޕީޕީއެމްގެ ފަރާތުން 3 ކެނޑިޑޭޓުންނާއި، އެމްޑީޕީގެ ފަރާތުން 3 ކެނޑިޑޭޓުންނެވެ.

ކެނޑިޑޭޓުން ތަރުތީބު ކުރެވިފައިވާގޮތް ތިރީގައި އެވަނީއެވެ.
  • ކެނޑިޑޭޓް ނަމްބަރ 1 : އަޙުމަދު ރިޝްފާން
  • ކެނޑިޑޭޓް ނަމްބަރ 2 : ޢަބްދުއް ރަޝީދު ހާރޫން
  • ކެނޑިޑޭޓް ނަމްބަރ 3: އިބްރާހީމް ނާޞިރު
  • ކެނޑިޑޭޓް ނަމްބަރ 4: އިބްރާހީމް ޢުމަރު މަނިކު
  • ކެނޑިޑޭޓް ނަމްބަރ 5: މުޙައްމަދު ނިޒާމް
  • ކެނޑިޑޭޓް ނަމްބަރ 6: މުޙައްމަދު ރަމީޒް