އޮންލައިން ހިދުމަތްތައް

ދަނޑުވެރިކަމުގެ އިންޓާންޝިޕް ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު

15 މޭ 2019އިޢުލާން
ނަންބަރު(IUL)311/311/2019/31
ތާރީޚް14 މެއި 2019
ތާރީޚް ހ10 ރަމަޟާން 1440

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މަޢުލޫމާތާއި ހުނަރު އިތުރުކުރުމަށް ހަނިމާދޫ އެގުރިކަލްޗަރ ސެންޓަރުގައި 10 ޖޫން 2019 ގައި ދަނޑުވެރިކަމުގެ އިންޓާންޝިޕް ޕްރޮގުރާމެއް ފެށުމަށް ހަމަޖެހިފައިވާކަމަށާއި މިޕްރޮގުރާމްގައި މިރަށުން ދެބޭފުޅުން ބައިވެރިކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒު މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރއިންވަނީ އަންގަވާފައެވެ. މިޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކަށް 06 މަސްދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ދެވޭނެކަމަށާއި، އަދި މިޕްރޮގުރާމްގެ ބައިވެރިން 04 މަސްދުވަހަށް ހަނިމާދޫ އެގުރުކަލްޗަރ ސެންޓަރުގައި ތަމްރީނު ކުރެވޭނެކަމަށާއި، އިންޑަސްޓްރީ ނުވަތަ ވިޔަފާރީގެ ތަޖުރިބާ ހޯދުމަށްޓަކައި ދިގުމުއްދަތަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއްގައި 02 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތްކުރާގޮތަށް ހަމަޖެހިފައިވާކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒު މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރއިންވަނީ އަންގަވާފައެވެ. މިޕްރޮގުރާމްގައި ބައިވެރިވާ ބޭފުޅުންގެ ދަތުރު، ހުރުމާއި ކެއުމުގެ ޚަރަދު އަދި މަހަކު -/2000 ރުފިޔާގެ އެލަވުންސްއެއް މިނިސްޓްރީ އޮފް ފިޝަރީޒު މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ އިން ދެއްވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ވީމާ، މި އިންޓާންޝިޕް ޕޮރޮގުރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށްއެދޭ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު 20 މެއި 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.