އޮންލައިން ހިދުމަތްތައް

ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރުން

15 މޭ 2019އިޢުލާން
ނަންބަރު(IUL)311/311/2019/30
ތާރީޚް14 މެއި 2019
ތާރީޚް ހ11 ރަމަޟާން 1440

ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުމަށް ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީވެ، 28 މެއި 2019 ވަނަ ދުވަހުންފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ކަށިކެޔޮ ގަސްތައް ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގަސްތައް ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ކަންކަމަށްބަލާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކާއި މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ވީމާ، ރައްޔިތުންގެ ކަށިކެޔޮގަސްތައް 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަން ވާނެއެވެ. ސިޓީއުރައިގެ ބޭރުގައި "ކަށިކެޔޮގަސްތައް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އެންމެފަހުން ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރެވިފައިވާ ކުއްޔަކީ 1 އަހަރުގެ މުއްދަތަށް -/1600 (އެއްހާސް ހަސަތޭކަ ރުފިޔާ) އެވެ.

މިކަމަށް އެދި ހުށަހަޅާ ސިޓީގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
1. ކަށިކެޔޮގަސްތައް ޙަވާލުވުމަށް ހުށަހަޅާކުލި:
2. ކަށިކެޔޮގަސް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް:
3. ކަށިކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ:
ހުށަހަޅާހުށަހެޅުންތަކަށް މާކުސްދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
• ކުއްޔަށް: %60
• ކަށިކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން: %25
• ކަށިކެޔޮގަހުން ލިބޭތަކެތި ބޭނުންކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް: %15