އޮންލައިން ހިދުމަތްތައް

ބަނދަރުމަތީ ބަހައްޓާފައިވާ ތަކެތި ނެގުމަށް އެންގުން

8 އޭޕްރީލް 2020އިޢުލާން
ނަންބަރު(IUL)311/311/2020/27
ތާރީޚް08 އޭޕްރީލް 2020
ތާރީޚް ހ15 ޝަޢުބާން 1441

އެކި ފަރާތްތަކުން މިރަށު ބަނދަރުގައި އެކިކަހަލަ މުދާ ނުގެންގޮސް ބަހައްޓާފައި ހުންނަކަން ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން، ބަނދަރު ސާފުކޮށް ބެލެހެއްޓުމަށް އަންނަނީ ދަތިވަމުންނެވެ.

ވީމާ، ބަނދަރުގައި ބަހައްޓާފައިވާ އެކި ފަރާތްތަކުގެ ތަކެތި، 12 އޭޕްރިލް 2020 ވާ އާދިއްތަ ދުވަހުގެ ކުރިން، އެތަކެތީގެ ވެރިފަރާތުން ނަގާ ނިންމުމަށް ދަންނަމެވެ. އަދި ބަނދަރަކީ ރީތި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވޭނީ އެންމެހާ ބޭފުޅުންގެވެސް އެހީތެރިކަމާއިއެކު ކަމަށްވާތީ، ބަނދަރުގައި ގިނަ ދުވަސްވަންދެން އެކިކަހަލަ ތަކެތި ނުބެހެއްޓުމަށްވެސް ދަންނަވަމެވެ.