އޮންލައިން ހިދުމަތްތައް

ކޮވިޑް19 އާއި ގުޅޭ ސޯޝަލް ސަޕޯޓް ޑެސްކަށް މީހުން ހޯދުން

8 އޭޕްރީލް 2020އިޢުލާން
ނަންބަރު(IUL)311/311/2020/28
ތާރީޚް08 އޭޕްރީލް 2020
ތާރީޚް ހ15 ޝައުބާން 1441

ކޮވިޑް19 އާއި ގުޅިގެން ދިމާވާ އެކި ހާލަތްތަކުގައި އެކި ފަރާތްތަކަށް އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އެހީތެރިވުމަށް، ސޯޝަލް ސަޕޯޓް ޑެސްކެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވާތީ، ވޮލަންޓިއަރުން ހޯދުމަށް ކުރި ނަމްބަރ (IUL)311/311/2020/26 (01 އޭޕްރިލް 2020) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ، ސޯޝަލް ސަޕޯޓް ޑެސްކްގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފީމެވެ.

ވީމާ، ކޮވިޑް19 އާއި ގުޅިގެން މިރަށުގައި އެކުލަވާލެވޭ ސޯޝަލް ސަޕޯޓް ޑެސްކްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 13 އޭޕްރިލް 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން 7515969 އަށް، ފުރިހަމަ ނަން، އެޑްރެސް، ފޯން ނަމްބަރ، އިމަޖެންސީގައި ގުޅާނެ ނަމްބަރ އަދި ވަޒީފާ އަދާކުރާނަމަ ވަޒީފާ ޢަދާކުރާ ތަނާއި މަޤާމް އެސް.އެމް.އެސް މެދުވެރިކޮށް ޙިއްސާ ކޮށްދެއްވުން އެދެމެވެ. ނުވަތަ ތިރީގައި އެވާ ގޫގުލް ފޯމް މެދުވެރިކޮށް އެމަޢުލޫމާތު ޙިއްސާ ކޮށްދެއްވުން އެދެމެވެ.

ސޯޝަލް ސަޕޯޓް ޑެސްކްގައި ބައިވެރިވުމަށް އެދޭ ފޯމް