1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ބޭނުންވާ ފަޤީރުންނާއި، މިސްކީނުންގެ ލިސްޓް ނެގުމަށް ހަމަޖެހިފައިވަނީ އެފަދަ ފަރާތްތަކަން ރަށު ކައުންސިލްގެ އިދާރާއިން ދޫކުރާ މުދަލުޒަކާތް ލިބިގަތުމަށް "ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހަޅައިގެންނެވެ. އަދި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
ވީމާ، ފަޤީރުންނާއި، މިސްކީނުންގެ ލިސްޓްގައި ނަންނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 05 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
