އޮންލައިން ހިދުމަތްތައް

މާލެ ސިޓީން ރަށަށް އައި މީހުން ގޭގައި ކަރަންޓީންވުން

14 ޖުލައި 2020އިޢުލާން
ނަންބަރު(IUL)311/311/2020/40
ތާރީޚް14 ޖުލައި 2020
ތާރީޚް ހ24 ޛުލްޤައިދާ 1441

ކޮވިޑް19 އާއި ގުޅިގެން މާލެ ސިޓީން ރަށްރަށަށް އަންނަ މީހުން ގޭގައި ކަރަންޓީނުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން މީހަކު މިރަށަށް މިއަދު (14 ޖުލައި 2020) ގައި ދަތުރުކޮށްފައިވެއެވެ. މި ފަރާތް ކަރަންޓީން ވެފައިވަނީ މިރަށު ފިނިފެންމާގޭގައެވެ.

އެހެންކަމުން، މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް (27 ޖުލައި 2020 ގެ ނިޔަލަށް) ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން، މިރަށު ފިނިފެންމާގެއަށް އެޗް.ޕީ.އޭގެ އުޞޫލާއި ޚިލާފަށް އެއްވެސް މީހަކު ވަދެ ނިކުމެ އުޅުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.