ބަނދަރު ބައްތިތައް ލެޑަށް ބަދަލު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ބަނދަރު ބައްތިތަކުގެ ކަރަންޓު ހަރަދު ކުޑަކުރުމާއި ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. އަދި ބަނދަރު ބައްތިތަކުގެ ތެރެއިން ނުދިއްލި ހުރި ބައްތިތައް ދިއްލާ ބަނދަރު އަލިކޮށް ބޭއްވުމަކީ ވެސް މި މަސައްކަތުގެ އެއް މަގުސަދެވެ.
މި މަސައްކަތް ކޮށްފައިވަނީ ކައުންސިލްގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުން ގުޅިގެންނެވެ. އެގޮތުން ޖުމުލަ 24 ލައިޓު ހުންނައިރު ޖުމުލަ 20 ލައިޓެއް މިހާރުވަނީ ލެޑަށް ބަދަލު ކުރެވިފައެވެ.
