އޮންލައިން ހިދުމަތްތައް

އަންހެނުން ކޮމެޓީގެ ފޭސްބޫކް ޕޭޖް އިފްތިތާހްކޮށްފި

ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފޭސްބޫކް ޕޭޖް އިފްތިތާޙް ކޮށްފިއެވެ.
ފޭސްބޫކް ޕޭޖް އިފްތިތާހް ކޮށްފައިވަނީ، މިކަމަށްޓަކައި 26 ޖަނަވަރީ 2022 ގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ފައިނު ކަައުންސިލްގެ ރައީސް މޫސާ ޢުމަރުމަނިކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ އުމަރުމަނިކު ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވިގެން މިދިޔަ ޕޭޖުގެ އެހީގައި ރަށުގެ ކަނބަލުންނަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެެވިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކޮމެޓީން ހިންގާ އެންމެހާ ހަރަކާތްތައް އަޕްޑޭޓް ކުރަމުން ގެންދިޔުމަށް އެދިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް މެންބަރުންނާއި އިދާރީ މުވައްޒަފުންގެ އިތުރުން އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން ބައިވެރިވެލައްވާފައިވެއެވެ.