ނަންބަރު(IUL)311/311/2021/33
ތާރީޚް05 ޖުލައި 2021
ތާރީޚް ހ26 ޛުލްޤައިދާ 1442
ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން 25 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:45 ގައި މިރަށު ދަތުރުވެރިންގެ ހިޔާގައި އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމުގައި ދެޖިންސްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މިޖަލްސާގެ އެޖެންޑާ ތިރީގައި އެވަނީއެވެ. ޖަލްސާއަށް ވަޑައިގަންނަވާއިރު ގައިދުރުކަން އިސްކުރެއްވުމަށާއި މާސްކް އެޅުއްވުން އެދެމެވެ.
1. 2021 ވަނަ އަހަރުގެ އަހަރު ރިޕޯޓް ރައްޔިތުންނާއި ޙިއްސާކުރުން
2. 2021 ވަނަ އަހަރުގެ މާލީ ހިސާބުތައް ރައްޔިތުންނާއި ޙިއްސާކުރުން
3. ރައްޔިތުންގެ ހިޔާލް ހުށަހެޅުމާއި، ސުވާލުކުރުން.
މި ރިޕޯޓްތައް މިކައުންސިލްގެ ވެބްސައިޓާއި ނޯޓިސްބޯޑުގައި އާންމު ކުރެވިފައި ހުންނާނެއެވެ.
