އޮންލައިން ހިދުމަތްތައް

ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޒަކު ހޯދުން

14 ފެބްރުއަރީ 2022އިޢުލާން
ނަންބަރު(IUL)311/311/2022/10
ތާރީޚް14 ފެބްރުއަރީ 2022
ތާރީޚް ހ13 ރަޖަބު 1443

1443 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގައި ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާގެ ނަމްބަރ 6580072 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 17 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގުގެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާނީ ނުވަތަ ފޯނުންނަމަ ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ info@fainu.gov.mv އަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ އަގަށް %90 އަދި ތަޖުރިބާއަށް %10 އެވެ.

<