އޮންލައިން ހިދުމަތްތައް

ރ. އަތޮޅު ގުރްއާން މުބާރާތުގެ 1 ވަނަ ފައިނު ހޯދައިފި

7 ސެޕްޓެމްބަރ 2025ހަރަކާތްތައް

ރ. އަތޮޅު ޤުރްއާން މުބާރާތުގެ ފަހުރުވެރި 1 ވަނަ ފަައިނު ސްކޫލް ހޯދައިފިއެވެ.

މި މުބާރާތުގައި ފައިނުން ޖުމުލަ 15 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެއެވެ. އެގޮތުން ފައިނުން ބައިވެރިވި ބައިވެރިން ހޯދި ވަނަތަކުގެ ތެރޭގައި،

މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު:
- ކީސްޓޭޖް 3 އިން ހިތުން ކިޔުމުން 1 ވަނަ

ބަތޫލް ބިން އާދަމް ޝަމީމް:
- ފައުންޑޭޝަން ސްޓޭޖުން ހިތުން ކިޔުމުން 2 ވަނަ

ހަމްނާ ބިންތު އިބްރާހީމް ފައިސަލް:
- ފައުންްޑޭޝަން ސްޓޭޖުން ބަލައިގެން ކިޔުމުން 1 ވަނަ

ތުޤާ ބިންތު އިބްރާހީމް ފައިސަލް:
- މުބާރާތުގެ ދެ ގޮފިން ވެސް 2 ވަނަ
- ސްކޫލްތަކުގެ ބައިން މުޅި މުބާރާތުން 2 ވަނަ
- ކީސްޓޭޖް 1 އިން ބަލައިގެން ކިޔުމުން 1 ވަނަ

މުޙައްމަދު ވިސާލް ސިޔާމް:
- މުބާރާތުގެ ދެ ގޮފިން ވެސް 1 ވަނަ
- ސްކޫލްތަކުގެ ބަައިން މުޅި މުބާރާތުން 1 ވަނަ
- ކީސްޓޭޖް 3 އިން ބަލައިގެން ކިޔުމުން 1 ވަނަ

މީގެ އިތުރުން، ބަލައިގެން ކިޔުމުން 1 ވަނަ ފައިނު ސްކޫލް ހޯދާފައިވާއިރު ހިތުން ކިޔުމުން 2 ވަނަ ވެސް ހޯދީ ފައިނު ސްކޫލުންނެވެ.

އަދި ސްކޫލްތަކުގެ ބައިން ފަހުރުވެރި 1 ވަނަ ހޯދީ ވެސް ފައިނު ސްކޫލެވެ.