ފައިނު ފަތުރުވެރިކަމުގެ ޕްލޭން ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، ޖަޒީރާ ހޮސްޕިޓާލިޓީ މޯލްޑިވްސްއާއެވެ. މި މަސައްކަތުގެ ދަށުން ފައިނުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހަދަންޖެހޭ ޕްލޭން ހަދައި ނިންމާނެއެވެ.
އަދި މި މަސައްކަތް ކުރުމުގައި ރަށުގެ ރައްޔިތުންގެ ރެންޑަމް ހިޔާލްތައް ހޯދުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

