އޮންލައިން ހިދުމަތްތައް

ކައުންސިލުން ފައިނު ސްކޫލަށް ޓީވީއެއް ހަދިޔާކުރައްވައިފި

18 އޮކްޓޯބަރ 2016ހަރަކާތްތައްޚަބަރު
ފައިނު ސްކޫލްގައި ޒަމާނީ ފެންވަރަށް ކިޔަވައިދިނުމަށްޓަކައި ކްލާސްރޫމްތަކަށް ބޭނުންވާ ޓީވީ ހޯދުމަށް ފައިނު ސްކޫލްގެ ފަރާތުން ކުރިޔަށް ގެންދަވާ ޓިވީ ހޯދުމުގެ ޕްރޮޖެކްޓަށް އެހީތެރިވުމުގެ ގޮތުން 55އިންޗީ ޓީވީއެއް ފައިނު ސްކޫލަށް ޙަދިޔާ ކުރައްވައިފިއެވެ. ރަމްޒީކޮށް މިޓީވީ ޙަދިޔާކުރައްވާފައިވަނީ، 14 އޮކްޓޯބަރ 2016 ވަނަ ދުވަހު ބޭއްވުނު ފައިނު ސްކޫލްގެ 2015 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައެވެ. ކައުންސިލްގެ ފަރާތުން ޓީވީ ޙަވާލުކުރެއްވީ ރައީސް އިބްރާހީމް ނާޞިރެވެ.