
ފައިނުގައި ޢިމާރާތް ކުރަމުން ގެންދާ ހިނަވާގޭގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މިއީ، އަމިއްލަ ފަރާތަކުން ޢިމާރާތް ކުރަމުން ގެންދާ ޢިމާރާތެކެވެ. ޢިމާރާތުގެ މަސައްކަތުގެ ތެރެއިން ރާނާ ހިޔާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މިއިމާރާތަކީ ހިނަވާ ބަޔަކާއި މޫނު ދެއްކުމަށް ޚާއްޞަ ބަޔަކާއި އަދި ގުދަނެއް ހިމެނޭގޮތަށް ޢިމާރާތް ކުރެވޭ ތަނެކެވެ.
މިއިމާރާތަކީ، ފައިނުގައި މިހާތަނަށްވެސް ހިނަވާގެއެއް ނެތުމުން، ހިނެވުމުގެ މަސައްކަތްތައް ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމުގެ މަތިން އެފަރާތުން ކުރަމުން އަންނަ މަސައްކަތެކެވެ.
