މިއަދު ރ. އުނގޫފާރުގައި ފަށާ އަތޮޅު ޤުރުއާން މުބާރާތުގައި ރ. ފައިނުން ބައިވެރިވާ ދަރިވަރުން އުނގޫފާރަށް ދާން ފުރައިފިއެވެ.
މިއަހަރު ޖުމުލަ 7 ބައިވެރިން މިމުބާރާތުގައި ފައިނު ތަމްސީލް ކުރުމަށް ހަމަޖެހިފައިވާއިރު ކައުންސިލްގެ އޮފިޝަލަކާއި ރ. ފައިނު ސްކޫލްގެ އޮފިޝަލެއް މިދަތުރުގައި ބައިވެރިވެލައްވައެވެ.
އަތޮޅު ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ކައުންސިލުންވަނީ އޮޑިޝަނެއް ބާއްވާފައެވެ.
