އޮންލައިން ހިދުމަތްތައް

ފައިނު ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުން މަޤާމުގެ ހުވާކުރައްވައިފި

ރ. ފައިނު ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވެލައްވާފައިވާ ކައުންސިލަރުން މަޤާމްގެ ހުވާ ކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު 2:00 ގައި ފައިނު ސްކޫލްގައި ކުރިޔަށްދިޔަ ދަރުބާރުގައި، ކައުންސިލަރުންނަށް ހުވާ ލައިދެއްވީ، އަލްޢުސްތާޛް އިބްރާހީމް ޒާހިރެވެ.

މި ދަރުބާރުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބު ވެލައްވާފައިވާ މެންބަރުންވެސް އިޤުރާރުގައި ސޮއި ކުރައްވާފައިވެއެވެ.

ފައިނު ކައުންސިލްގެ 4 ވަނަ ދަައުރުގެ ކައުންސިލަރުން ހުވާ ކުރައްވާފައިވާއިރު، ކައުންސިލްގެ ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާ މިއަދުގެ ހަވީރު 4:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.