ރަމަޟާން މަހާއި ދިމާކޮށް ފައިނުގައި ކުރަމުން ގެންދާ މޫސުމީ ދަނޑުވެރިކަމަށާއި ދިގު މުއްދަތަށް ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ގަސްކާނާ އާއި ބޭސް ގަނޑުކޮށް ގެެނެސްދީ ދަނޑުވެރިންނާ ހަވާލު ކުރުމުގެ މަސައްކަތް ފައިނު ކައުންސިލުން ކޮށްފިއެވެ.
ފާއިތުވި 5 އަހަރެކޭވެސް އެއްފަދައިން، މި އަހަރުވެސް ދަނޑުވެރިން އެދުނު ކާނާ އާއި ބޭސްތައް ގަނޑުކޮށް ގެނެސް ދޫކުރުމުގެ މަސައްކަތް ކޮށްފައިވަނީ ފައިނު ކައުންސިލްގެ ފަރާތުންނެވެ.
ދަނޑުވެރިންނަށް ފޯރުކޮށްދޭ ކާނާއާއި ބޭހުގެ އަގު އަދާ ކުރުމަށް އެފަރާތްތަކަށް 3 މަސް ދުވަހުގެ މުއްދަތެއް ކައުންސިލުން ދެއެވެ. އެހެންކަމުން، ކާނާއާއި ބޭސް ހޯދަން ދަތިވެ ދަނޑު ނުހެއްދި ތިބެން ނުޖެހޭކަން ދަނޑުވެރިން ފާހަގަކުރެއެވެ.
ފައިނަކީ އާންމު ގޮތެއްގައި މޫސުމީ ދަނޑުވެރިކަން ކުރަމުން އައި ރަށެކެވެ. ނަމަވެސް، ކައުންސިލުން ދޫކުރި ކުލީ ބިންތަކުގައި ފާއިތުވި އަހަރުގެފަހުކޮޅުން ފެށިގެން އަންނަނީ ދިގު މުއްދަތަށް ކުރާ ދަނޑުވެރިކަންވެސް ކުރަމުންނެވެ.